Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުވައްމުލަކުން އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ފުވައްމުލަކުން އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ފުވައްމުލަކުގައި ހިނގި އެކްސިޑާއި ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ޒާވާނެ ޙާލު ސީރިއަސްކަމަށާއި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗް ބުނެފިއެވެ. ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެކްސިޑެންޓެއްގައި އަނިޔާވި މީހާއަށް ފުވައްމުލައް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައީ މިއަދު ހެނދުނުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުކުރެވި ފާރެއްގައި ޖެހި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ފުވައްމުލަކުގެ ބޮޑުފަންނު މަގުގައި ކަމަށެވެ. އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ލިބުނީ ރޭ 22:15 ހާއިރުއެވެ. މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް