Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުއްޖާގެ މަރުގެ މައްސަލައިގެ މަޖިލީހުން އިންކުއަރީއެއް ހަދަނީ

ކުއްޖާގެ މަރުގެ މައްސަލައިގެ މަޖިލީހުން އިންކުއަރީއެއް ހަދަނީ

އ. ވިލިގިލީން ފަރުވާއަށް މާލެ ގެނައުމަށް ގިނައިރުނެގި 13 އަހަރުގެ ކުޑަކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.
މި މައްސަލައިގައި މިއަދު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ކޮމިޓީންވަނީ އެ ކޮމިޓީގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ ބެލުމަށް ނިންމާފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އެސްއޯޕީއަކީ ކޮބައިތޯ ބަލާނެ ކަމަށާއި، އަދި މި މައްސަލައިގައި އެސްއޯޕީއާ އެއްގޮތަށް އަމަލުކޮށްފައިވޭތޯވެސް ބަލާނެ ކަމަށެވެ. އަދި އިހުމާލެއް ވާނަމަ އިހުމާލުވެފައިވާ ފަރާތެއްވެސް ބަލާނެ ކަމަށެވެ.

ޖީހާން ވިދާޅުވީ ރައްޔިތެއްގެ، ހާއްސަކޮށް ކުޑަކުއްޖެއްގެ ފުރާނައަށް ގެއްލުން ވެފައިވާ ހާލަތެއްގައި، އުފެދިފައިވާ ދާހިލީ މައްސަލަތަކެއްގެ ސަބަބުން ލިބިފައިވާ ހިދުމަތެއްގެ ބޭނުން ނުހިފުމުމުގެ ސަބަބުން ފުރާނައަކަށް ނުރައްކާވާނަމަ އެ ކަމަކީ އިންކުއަރީ ހަދަންޖެހޭ ކަމެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އުމުރުން 13 އަހަރުގެ މުޙައްމަދު ޖާހު ޚާލިދު ނިޔާވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހިގެން އެ ކުއްޖާ މާލެ ގެނެވުނީ 16 ގަޑިއިރު ފަހުންނެވެ. އެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނައުން ލަސްވީ ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް