Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންފްލުއެންޒާ ޖެހިގެން އިތުރު ޒުވާނަކު ނިޔާވެއްޖެ

އިންފްލުއެންޒާ ޖެހިގެން އިތުރު ޒުވާނަކު ނިޔާވެއްޖެ
ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ރޯގާއެއް ކަމަށްވާ އިންފްލުއެންޒާ ޖެހިގެން އިތުރު ޒުވާނަކު ނިޔާވެއްޖެއެވެ. މިއީ މިފަހުން މިބަލީގައި ރާއްޖެއިން ނިޔާވި ތިންވަނަ ޒުވާނާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށް ފުއްޕާމެޔަށް ފްލުއިޑް ގޮސްގެން ނިއުމޯނިއާއަށް ބަދަލުވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. މި ބަލި ރައްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު, މިމަހު މިހާތަނަށް ޓެސްޓް ކުރި މީހުންގެ ތެރެއިން 19 މީހަކު ވަނީ އިންފްލުއެންޒާއަށް ފައްސިވެފައެވެ. އިންފްލުއެންޒާއަކީ ގައިގައިން އަރާ ބައްޔެއް ކަމުން, ބޭރުގައި އުޅޭއިރު މާސްކް އެޅުން ބުއްދިވެރިއެވެ. އަދި ބަލިން ރައްކާތެރިވުމަށް ސީޒަނަލް ވެކްސިން ޖެހުން ވެސް ބުއްދިވެރިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް