Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ އިންސާފުވެރި އެތެރޭގެ އިންތިޚާބަށް: ޝުޖާއު

ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ އިންސާފުވެރި އެތެރޭގެ އިންތިޚާބަށް: ޝުޖާއު

ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީ ވެގެންދަނީ ރާއްޖޭގައި ބޭއްވޭ އެންމެ އިންސާފުވެރި އެތެރޭގެ އިންތިޚާބަށް ކަމަށް ހުޅުމާލޭ ކައުންސިލަރ އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި އެންމެނަށް އެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ދެއްވުމަށް ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ރައީސް މިގޮތަށް ނިންމެވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް ފަރާތްތަކަށް ވާދަނުކުރެވޭނެ އެޕާޓިން އަންގާފައިވުމުން، އެކަމާމެދު އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުންނެވެ. ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ސޮއިކުރައްވާ ބައެއް މީހުންނަށް ފޮނުއްވެވި ސިޓީގައި އެމީހުންނަށް ޕްރައިމަރީން ފުރުޞަތު ނުދެއްވުމަށް ނިންމެވީ ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ބެލުމަށްފަހުކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި ފިތުނަ އުފެއްދި މީހުންނަށް ވެސް ޓިކެޓް ނުދޭން ކުރިން ނިންމިއެވެ,

Advertisement
Allied — Dhen Online (box)

މިކަމާއި ގުޅިގެން ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.

އެ ޓްވީޓް ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވީ, ރައީސް ޑރ. މުޢިއްޒު އަބަދު ވެސް އިސްކުރައްވާނީ ޕާޓީގެ އާއްމު މެންބަރުންގެ މަސްލަހަތު ކަމަށެވެ. އަދި ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ އިންސާފުވެރި އިންތިޚާބަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް