Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުވައްމުލަކު އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ ނިޔާވެއްޖެ

ފުވައްމުލައް ސިޓިގައި އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ޒުވާނާ މިއަދު ހެނދުނު މަރުވެއްޖެއެވެ.

އޭނާ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވީ މިއަދު ހެނދުނު 8:12ގައެވެ. އެކްސިޑެންޓުގައި މަރުވީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 20ވަނަ ދުވަހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުކުރެވި ފާރެއްގައި ޖެހި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން މީގެ ކުރިން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ފުވައްމުލަކުގެ ބޮޑުފަންނު މަގުގައި ކަމަށެވެ. އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ލިބުނީ 20ވަނަ ދުވަހުގެ ރޭ 22:15 ހާއިރުއެވެ. އިތުރު ފަރުވާއަށް އެ ޒުވާނާވަނީ އެރޭ ފަތިހު މާލެ ގެނެސްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް