Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ހޯއްގޮވާ ކެއްސާ ބައްޔަށް ތިން ކުއްޖަކު ފައްސިވެއްޖެ

ޕަޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމަށް މި މަހު ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ. ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ މި ބައްޔަށް ފައްސިވެފައިވަނީ ގއ. ވިލިނގިލިންނެވެ.

މިއަދު އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްޔަށް ފައްސިވި ކުދިންގެ ކޮންޓެކްޓް ޓްރޭސިން ހަދާ, މިކުދިންނާ އެއްތަންވި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށާއި އް އަހަރުން ދަށުގެ ކުދިންނަށް އެންޓައި ބައޯޓިކް ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަލީގެ އަލާމާތަތްތައް ހުރި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭސް ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ހޯއްގޮވާ ކެއްސާ ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ބޮޑުވެ, ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިއްޖެނަމަ ފުރާނައަށް ނުރައްކާވާ ހާލަތަށް ދެއެވެ. މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ތުއްތު ކުދިންނަށެވެ. ކުދިންނަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް