ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފި

ޚާއްސަ އެހީއަށް ބޭނުންވާ އއ.ތޮއްޑޫ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 31 އަހަރުގެ އެއަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިމަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އުމުރުން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް ގިނަ ވެފައިވާއިރު، މިފަދަ ފާހިޝް ޢަމަލުތައް ކުރާ ރާއްޖޭގައި އުޅޭ ބިދޭސީންވެސް މަދެއް ނޫނެވެ. އަދި މިފަދަ މީހުންގެ ޝިކާރައަކަށް ކުޑަކުދީންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ވެގެން ދެއެވެ.