ޚަބަރު

މަޖިލިސް ފަށައިފި, މެންބަރުން ތިބީ ދުންމާރި ހިފައިގެން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ހޫނުވެ މެދު ކަނޑާލި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ, މިރޭ ފަށައިފިއެވެ.

Ads by Hajj Corporation

މިރޭގެ މަޖިލިސް ފަށާފައިވާއިރު, ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އަސްލަމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސަރުކާރު ޕާޓީން ވަނީ ވައްދާފައެވެ.

މަޖިލިސް ޖަލްސާ ފެށިނަމަވެސް, ޖަލްސާގައި މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ. މަޖިލީހުގެ އިދާރާއިން ލައިވް ކުރާ ސްޓްރީމްގައި އަޑު ހުރީ ކަނޑާލާފައެވެ.

މަޖިލީހުގެ ރިޔާސަތުގެ ވަށައިގެން ދުންމާރި ހިއްޕަވައިގެން މަޖިލިސް މެންބަރުން އެބަތިއްބެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި 22 ވަޒީރުން ތިއްބަވާއިރު އެމްޑީޕީން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ. އެމްޑީޕީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސްއިން ނިންމާފައިވަނީ އޭޖީ އަހުމަދު އުޝާމް، އިސްމާލިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!