Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މެންދުރު 1:00 އަށް ބަދަލުކޮށްފި

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މެންދުރު 1:00 އަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ޖަލްސާ ކުރިއަސް ގެންދަން ނިންމާފައިވާ ގަޑި ބަދަލުކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރަތަމަ ނިންމާފައި ވަނީ މިއަދު ހެނދުނު 11:00 ގައެވެ. ނަމަވެސް މިހާރު ޖަލްސާ ކުރިއަށް ގެންދަން ނިންމާފައި ވަނީ މެންދުރު 1:00 ގައެވެ.

ދައުރުން ބޭރުގެ ޖަލްސާއެއް ފުރަތަމަ އެޖެންޑާކުރީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަނައިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން ފާސްކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މިކަމާއި ގުޅިގެން މަޖިލިސް ތެރެ ހަލަބޮލިވެ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ޖަލްސާ ފެށިޔަ ނުދީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ. މިއާއެކު މަޖިލިސް ވަނީ ނިންމާލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް