Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައެއް ނޯންނާނެ: ޝަހީމް

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައެއް ނޯންނާނެ: ޝަހީމް

ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ އޭނާއަށް ރުހުން ނުދޭން އެ ޕާޓީން ނިންމީ ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު ކުރެވޭތީ ކަމަށް އެމްޑީޕީއިން ބުނުމާއި ގުޅިގެންނެވެ.

އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވީ ޑރ.ޝަހީމަށް ރުހުން ނުދޭން ނިންމީ ކުރިން ޑރ.ޝަހީމްގެ ހިއްސާ އޮތް އަދި މިހާރު އާއިިލީ މަސްލަހަތު އޮންނަ ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމުގެ ތުހުމަތުތައް ޕީޖީ ގުރޫޕުގެ އެކި ބޭފުޅުން ހިއްސާކޮށްފައިވާތީ އެކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިކަމާއި ގުޅިގެން ޝަހީމް ވިދާޅުވީ ބިގޭ ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި ކަންކަމުގެ ހަގީގަތް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް