Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިވެހި ދޯންޏަކަށް އިންޑިއާ ސިފައިން އެރުމުން ކަންބޮޑުވޭ: ޝިޔާމް

ދިވެހި ދޯންޏަކަށް އިންޑިއާ ސިފައިން އެރުމުން ކަންބޮޑުވޭ: ޝިޔާމް

ރާއްޖޭގެ އުތުރުން މަސްވެރިކަން ކުރަން އުޅުނު ދޯންޏަކަށް އިންޑިއާ ސިފައިން އެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މަނަވަރެއްގެ ސިފައިން އަރާފައިވަނީ އ.ދ މަހިބަދޫ "އަސުރުމާ 3" ދޯންޏަށެވެ.

މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"މި އުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްއިން ކަށަވަރުވެ އެވެ. މި ހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ޝިޔާމް ވިދާޅުވި އެވެ.

އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް، ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް