Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާއިން ރާއްޖެއަށް 72 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ބަޖެޓުގައި ހިމަނައިފި

އިންޑިއާއިން ރާއްޖެއަށް 72 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ބަޖެޓުގައި ހިމަނައިފި
އިންޑިއާއިން މި ހިނގާ މާލީ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ނުވަތަ އެއް ބިލިއަން ރުފިޔާ ދޭން ހިމަނައިފިއެވެ. އިންޑިއާގެ 2025-2024 އަށް އެކުލަވާލާފައިވާ ބަޖުޓުގައިވާ ގޮތުން އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ވަނީ 600 ކްރޯޑް ރުޕީސް ހިމަނާފައެވެ. އެއީ 72 މިލިއަން ޑޮލަރެވެ. ބަޖެޓުގައިވާ ގޮތުން އެ ގައުމުން އެންމެ ގިނައިން ހިލޭ އެހީ ދޭން ބަޖެޓުގައި ހުށަހަޅާފައިވާ ގައުމަކީ ބޫޓާނެވެ. އެ ގައުމަށް 249 މިލިއަން ޑޮލަރުގެ އެހީދޭން ވަނީ ހިމަނައިފައެވެ. ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދެނީ ރާއްޖެއަށެވެ. ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާއިރު ރާއްޖެއާއި އިންޑިއާއާ ދެމެދު ވަނީ ޑިޕްލޮމެޓިކް އަދި ސިޔާސީ ހަމަނުޖެހުންތަކެއް ކުރިމަތިވެފައެވެ.
ދެ ގައުމުގެ ދެމެދު ނުތަނަވަސްކަން އުފެދިގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެ ގައުމުގެ ލަކްޝަދީޕު ޕްރޮމޯޓުކުރުމަށް ފެށި ކެމްޕޭނަކާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް