ޚަބަރު

ޑިމޮކްރެޓްސް ޕްރައިމަރީގައި ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދީފި

އައިކާ ޔުނާން ، ދެން އޮންލައިން
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް-- ފޮޓޯ: ދެން އިމޭޖަސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި, އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުް ހުޅުވާލައިފިއެވެ.

Ads by STELCO

އެ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، 41 ދާއިރާއަކަށް 46 މީހުން ކުރިމަތިލާފައިވެ އެވެ.

ޑިމޮކްރެޓްސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ 93 އިންތިހާބީ ދާއިރާއަށް އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް އިންޓެރިމް ކައުންސިލުން ނިންމާފައިވާތީ, އެ ނިންމުން ދެމެހެއްޓުމަށް ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން އިންތިހާބު ކުރެވުމަށްފަހު އެކުލަވާލެވުނު ނެޝަނަލް އެސްބްލީގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން ޕާޓީ ރައީސްގެ ކައުންސިލުން ނިންމާފައިވަނީ އަލުން ފުރުސަތު ހުޅުވާލުމަށް ކަމަށް ޕާޓީން ބުނެފައިވެއެވެ. 

އެހެންނަމަވެސް, ވަގުތު ތަން ނެތުމާ ގުޅުގެން މި ދާއިރާތަކަށް އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ގިނަ ކެންޑިޑޭޓުން ކުރިމަތިލިޔަސް ޕްރައިމަރީ ނުބޭއްވޭނެ ކަމަށާއި މި ހާލަތުގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް ބުނެފައިވެއެވެ. 

މިއަދު ފުރުސަތު ދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ނަން ހުށަހެޅުމަށެވެ. ނަން ހުށަހެޅޭނީ ޑިމޮކްރެޓްސްގެ ރެޖިސްޓްރީގައިވާ މެންބަރުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި 41 ދާއިރާއަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް ހިމަނައި އެ ޕާޓީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން، ފްރައިމަރީއަކާ ނުލާ 37 ކެންޑިޑޭޓަކަށް ޓިކެޓު ލިބެ އެވެ.

އެކަކަށް ވުރެ ގިނައިން ކުރިމަތިލާފައިވާތީ، ޕްރައިމަރީ ބާއްވަން ޖެހެނީ ހަތަރު ދާއިރާއަކުންނެވެ. އެ ހަތަރު ދާއިރާއަށް ކުރިމަތިލާފައިވަނީ ޖުމްލަ ނުވަ މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!