ޚަބަރު

ދައުލަތުގެ ޚަރަދަށްވުރެ ލިބުނު އާއްމުދަނީ އިތުރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލޭގެ މަސް މާރުކެޓް ސަރަޙައްދު - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ 414.2 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށްމާލީ ވުޒާރާގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

Ads by STELCO

މާލީ ވުޒާރާގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 1 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 1 މިލިއަނުގެ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ޚަރަދު އުޅެނީ 1.4 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ހަރަދަކީ 1.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް %25 ދަށްވުމެކެވެ.

މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތައް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 246 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 25 ވަނަ ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ހަރަދު ދަށްވެފައިވާއިރު ރިކަރަންޓް ޚަރަދާއި އަދި ކެޕިޓަލް ހަރަދުތައްވެސް ވަނީ ދަށްވެފައެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 326 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!