Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެންމެ ގިނައިން ރާއްޖޭގައި ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ: އެޗްޕީއޭ

އެންމެ ގިނައިން ރާއްޖޭގައި ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ: އެޗްޕީއޭ

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ކެންސަރުބަލީގެ ދުވަހު ނެރުނު ރިޕޯޓްގައި އެޗްޕީއޭއިން ބުނެފައިވަނީ، ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮޑް، ޕްރޮސްޓޭޓް ކެންސަރު ހިމަނޭ ކަމަށެވެ.

އަދި ކެންސަރުބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުންނަ ކަމަށާއި މި ބައްޔަކީ ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދިދާނެ ބައްޔެއް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

Advertisement
HDC — Sidebar (box)

ކެންސަރުބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބުކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާކަމަށެވެ.

ކެންސަރު ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ހިރާސްތަކުގެ ސަބަބުން ކަމަށާއި އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް، ބަލީގެ ކުރީ ކޮޅުގައި ބަލި ދެނެގަނެވުމުން ކެންސަރު ޖެހުމުގެ ނިސްބަތް ތިންބައި ކުޅަ އެއްބައި ދަށްކުރުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް