ޚަބަރު

ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް އިދިކޮޅުގެ ލީޑަޝިޕް ނުހުއްޓުވޭނެ: އަދުރޭ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް ނުހުއްޓުވޭނެ ކަމަށާއި މިއީ ގައުމީ ޓީމު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ އިއްޔެ މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން ފުލުހަށް ހާޒިރުވާން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަށް އެންގުމާ ގުޅިގެންނެވެ. ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 7 ޖަހާއިރަށެވެ.

މިކަމާ ގުޅިގެން އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް އިދިކޮޅުގެ ލީޑަޝިޕް ނުހުއްޓުވޭނެ ކަމަށާއި ޝުޖާއު އަކީ ބޮޑު ތިލަދުންމަތީގެ ފަހުރުވެރި ދަރިއެއް ކަމަށެވެ.

"ފަހަތަކަށް ނުޖެހޭނެ. މިއީ ބަދަހި ޓީމެއް. މިއީ ދިވެހި ގައުމީ ޓީމު" އަދުރޭ ވިދާޅުވިއެވެ.

ޝުޖާއު ފުލުހަށް ހާޒިރުވާން އެންގިއިރު އިދިކޮޅުން އިއްޔެ ބޭއްވި އެއްވުމުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!