Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޒަކާތު ހައުސް އަށް ޑިރެކްޓަ ޖެނެރަލެއް ހޯދަނީ

ޒަކާތު ހައުސް އަށް ޑިރެކްޓަ ޖެނެރަލެއް ހޯދަނީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފައްދާފައިވާ "މޯލްޑިވްސް ޒަކާތު ހައުސް"ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިސްލާމިކް މިނިސްޓްރީން  އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ މަގާމަށް މީހަކު ހޯދަނީ އެއް އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓު އުސޫލުން ކަމަށެވެ. އެ މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަލައި ރަނގަޅުނަމ، ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށްވެސް އިއުލާނުގައި ބުންޏެވެ.

ޑިރެެކްޓާ ޖެނެރަލް ކަމަށް ހޮވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ އިލްމުތަކުގެ ރޮނގަކުން ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، އަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން ނުވަތަ އިސްލާމީ އިލްމުތަކުގެ ރޮނގަކުން ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއް ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، އަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން ހިމެނެއެވެ،

Advertisement
Allied — Dhen Online (box)

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރޭގައި  ޒަކާތު ހައުސްގެ ތަސައްވުރާއި އަމާޒުތައް ހާސިލުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތައް މޯލްޑިވްސް ޒަކާތު ހައުސްގެ ޗެއާމަންގެ ލަފާގެ މަތިން އެކުލަވައިލުމާއި  ޒަކާތު ހައުސްގެ ކަންކަން ހިންގައި ބެލެހެއްޓުމަށް އެކުލަވައިލަންޖެހޭ އެންމެހައި އުސޫލުތައް ޒަކާތު ކޮމެޓީއާއި ޝަރީއާ ސުޕަވައިޒަރީ ކޮމެޓީ، އަދި އިންވެސްޓްމަންޓް އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ މަތިން އެކުލަވައިލުމާއި  ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ކުރެވެމުންދާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ގޮތުން ކޮންމެހެން ލަފާ ހޯދަންޖެހޭ ކަންކަމުގައި، ޝަރީއާ އެޑްވައިޒަރީ ކޮމެޓީއާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާ ހޯދުންވެސް މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.

މަގާމަށް ހޮވޭ މީހަކަށް މަހު މުސާރައިގެ ގޮތުގައި 43،500 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 28،500 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާއެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް