ޚަބަރު

ރައީސް ވަހީދު ގައުމުގެ ހައްގުގައި ފަހަތަށް ނުޖެހޭނެކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް: އަދުރޭ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ވަހީދު ގައުމުގެ ހައްގުގައި ފަހަތަށް ނުޖެހޭނެކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީ ސަރުކާރަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދުރޭ މިހެން ވިދާޅުވީ އިދިކޮޅުން މިދިޔަ ހުކުރު ދުވަހު ބޭއްވި ސައިކަލު ބުރާ ގުޅިގެން ރައީސް ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

އެގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ވަހީދަކީ ގައުމުގެ ހައްގުގައި ފަސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީ އަށް ކަމަށެވެ.

"ވާދަވެރި ސިޔާސީ ހަރަކާތަށް ނުކުމެވަޑައިގެން މިއަދު ވެސް އެ ހުންނެވީ ރައްޔިތުންގެ ފަޅީގަ. ޕީޕީއެމާއި ޕީއެންސީގެ ވަރުގަދަ ލަޝްކަރުގައި." ރާއްޖޭގެ ވެރިކަން ދެ އަހަރެއްހާ ދުވަހު ކުރެއްވި ވަހީދަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ މައްސަލައިގައި ވަހީދަށް އަންގާފައިވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި ފުލުހަށް ހާޒިރު ވުމަށެވެ. އެގޮތުން މިއަދު ހަވީރު 4:00 ގައި ފުލުހަށް ހާޒިރުވުމަށް ވަހީދު ވަނީ ނިންމަވާފައެވެ.

އެ އެއްވުމާ ގުޅިގެން މިރޭ 7 ޖަހާއިރަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ.

Ads by Allied Insurance
  1. އައިސް

    ސާބަހޭ ވަހީދޫ