Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި

މާލޭއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދީފައި ވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މިއަދު ހެނދުނު ވަނީ މެދުކެނޑިފައެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ފީޑަރެއް އޮފްވުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި މިވަގުތު އެނަޖައިޒް ނުކުރެވި ވަނީ ރައީސް އޮފީހުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު އެކަނި ކަމަށާއި، އެ ޓްރާންސްފޯމަރުގެ ސްވިޗްގިއާއަށް މައްސަލައެއް ދިމާވެފައިވާތީ، އެ ސްވިޗްގިއާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކަރަންޓުގެ ހިދުމަތް ނުލިބިވާ އެއްވެސް ކަސްޓަމަރެއް ވާނަމަ، ސްޓެލްކޯގެ އިމަޖެންސީ ނަމްބަރު 104 އަށް ގުޅުމުށް އެ ކުމްފުނިން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް