Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން: ރައީސް

ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން: ރައީސް

މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯއްދަވައިދެއްވައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ހިތޯބުގައެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އިހްލާސްތެރިކަމާއެކު ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

Advertisement
HDC — Sidebar (box)

ރައީސްގެ ހިތޯބުގައި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު ފެންނަކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި އެމަނިކުފާނު ވަނީ ޤައުމަށް ތެދުވެރިވެ، ދީނަށް ހުރުމަތްތެރިކޮށްހިތައި، ދައުލަތަށް ވަފާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

އެމަނިކުފާނު ވަނީ އަލިރަސްގެފާނުގެ ގައުމީ ޖިހާދުގެ ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ހައްގަށް ނަސްރުދެއްވާނެކަންކަމަށެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، އެ ރަދުން ގައުމާ މެދު އޮތް ލޯބީގެ ފުންކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ދައުލަތަށް ހުރި ވަފާތެރިކަން ފާހަގަކުރައްވައި އެފަދަ ސިފަތައް އަށަގެންނެވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެ އިތުރުންވެސް ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިންމު ގައުމީ އެތައް ފިލާވަޅަކާއެކު ކަމަށާއި، އެ ފިލާވަޅުތަކުން ދޭހަކޮށްދޭ އިބުރަތްތައް ހާސިލުކުރުމަށްޓަކައި ތާރީހުގެ ފަތްފުށްތައް ބަލަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ ތަފުޞީލީގޮތެއްގައި ތާރީހުގެ ފަތްފުށްތަކުން ފެންނަ ހެކިތަކާއެކު އެއިން ލިބިދޭ ފިލާވަޅުތައް މިއަދުގެ ހިތޯބުގައި ވިދާޅުވެދެއްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް