ޚަބަރު

އެމްޑީޕީގެ ތާއިދު ލިބޭނެ ކަމަށް އުއްމީދުކުރަން: އަލީ ޒާހިރު

އަލީ ސަމާޙް ، ދެން އޮންލައިން
އަލީ ޒާހިރުގެ ފޯމް އީސީއަށް ހުށަހަޅަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ތާއިދު އޭނާއަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވ. ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ކުރީގެ ނައިބް ރައީސް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިދިޔަ ސަރުކާރުގެ ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަތްނަވާ އަލީ ޒާހިރު މަޖިލީހަށް ވާދަކުރައްވަނީ ޕާޓީގެ ބަދަލުގައި އަމިއްލަ ގޮތުންނެވެ.

ފެލިދޫ ދާއިރާ އަކީ އެމްޑީޕީން ވާދަނުކުރަން ނިންމާފައިވާ ހަތަރު ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ. ފެލިދޫ ހިމެނޭހެން އެމްޑީޕީން ވާދަނުކުރަން ނިންމާފައިވާ ދާއިރާތަކަކީ ގުރައިދޫ ދާއިރާ، ނިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލައް އުތުރު ދާއިރާއެވެ.

އަލީ ޒާހިރުއަށް ތާއިދުކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވަތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓަކަށް، ޕާޓީން ތާއީދު ކުރުމަށް ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިބުރޭ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެމްޑީޕީން މިހާތަނަށް ތާއިދުކުރަން ނިންމާފައިވޭތޯ ''ދެން'' އިން ސުވާލުކުރުމުން އަލީ ޒާހިރު ވިދާޅުވީ އަދި އެފަދަ ނިންމުމެއް ނިންމިކަން ރަސްމީކޮށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ''އުއްމީދު ކުރަނީ އެމްޑީޕީއާ އަދާލަތުން ތާއިދުކުރާނެ ކަމަށް'' އަލީ ޒާހިރު ވިދާޅުވިއެވެ.

މި އިންތިހާބުގައި އެމްޑީޕީން 93 ދާއިރާއަކަށް ވާދަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!