Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފައިލޭރިއާއަށް ސްކްރީން ކުރަން ހިންގާ ގައުމީ ކެމްޕޭން ހުކުރު ދުވަހު ފަށަނީ

ފައިލޭރިއާއަށް ސްކްރީން ކުރަން ހިންގާ ގައުމީ ކެމްޕޭން ހުކުރު ދުވަހު ފަށަނީ
ފައިލޭރިއާއަށް ސްކްރީން ކުރުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކެމްޕޭން ހުކުރު ދުވަހު ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ, އެ އެޖެންސީއާއި ރެޑް ކްރެސެންޓް އަދި ކައުންސިލްތަކުގެ އިތުރުން ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ގުޅިގެން ކުރިއަށް ގެންދާ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ކެމްޕޭނެއް ހުކުރު ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ.

މި ކެމްޕޭނަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި މި ބަލި ހުރި މިންވަރު ދެނެގަތުމަށް ހިންގާ ކެމްޕޭނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މި ކެމްޕޭން ކުރިއަށް ގެންދާނީ ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓު އަދި ސިނާޢީ ރަށްތަކުން ގުރުއަތުން ހޮވާ, އުމުރުން 18 އަހަރު ވެފައިވާ މީހުންނަށް ކަމަށް އެ އެޖެންސީން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ގޮތުގައި ލޭ ނަގައިގެން އެންޓިޖެން ޓެސްޓު ކިޓް ބޭނުންކޮށްގެން ކުރާ މި ޓެސްޓުގެ ނަތީޖާ 10-15 މިނިޓު ތެރޭ ލިބޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް