Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕީޖީއަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ޕީޖީއަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

"ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރުމަަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ކެމީހިޔާ، ޒަޔާން ނަސީރުއެވެ. އޭނާއަށް ކުރާ ތުހުމަތުތަކަކީ، ތޫނު ހަތިޔާރު ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ އިތުރުން އަމަން ނަގާލުމެވެ.

Advertisement
Ooredoo — Square (box)

ގާޒީ އިބްރާހިމް އިހުސާން ނެރުއްވި އަމުރުގައިވާ ގޮތުން ޒަޔާން އަކީ ޕީޖީއަށް ފާރާލައި ނުރައްކާތެރި ހަތިޔާރަކުން ހަމަލާދިން މައްސަލާގައި ހިމެނޭ މީހެއްކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. ޒަޔާން އަކީ މީގެ ކުށުގެ ރިކޯޑެއް އޮތް ފަރާތެއް ކަމަށް އަމުރުގައި ބުންޏެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި އައި ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލާފައެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ފެބްރުއަރީ މަހުގެ އެއް ވަަނަ ދުވަހު ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ރ. އަލިފުށީ، ރިވެލި މިދުހަތު އާދަމް، 23 އާއި ލ. ގަމު ތުނޑިއަވަށް، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، 22 އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް