Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

40 އަހަރާ ބައްދަލުނުވާ ވަރަށް މިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރި : ރައީސް

40 އަހަރާ ބައްދަލުނުވާ ވަރަށް މިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރި : ރައީސް
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއޮތީ ފުން ވަޅުގަނޑެއްގައި ކަމަށެވެ. ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުވެސް ރިކޯޑަށްޓަކައި އެ ވާހަކަ ރައްޔިތުންނާ ހިއްސާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ''އެ ދުވަހު އެސްޓެބްލިޝް ކުރަން އަޅުގަނޑު ބޭނުންވީ މި ފައްޓަނީ ކޮން ހިސާބަކުންކަން، މިއިކީ އޮޅުވާލެވޭނެ ވާހަކަ ނޫންކަން ބަޔާންކުރަން. 120 ބިލިއަން ރުފިޔާގެ ދަރަނިންކަން މި ފަށަނީ'' ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަަރުކާރުގައި ރާއްޖޭގެ ދަރަނި އޮތް ހިސާބު ބަޔާންކުރައްވަމުން ރައީސް ވިދާޅުވިއެވެ.
...އެ ބޭފުޅުން އަނެއްްކާވެސް އަންނަނީ (ރައްޔިތުން) ގާތު ފުރުސަތު ހޯދަން. މި ރައްޔިތުން ތިމަންނަމެން ވައްޓާލަފައި އޮތް 120 ބިލިއަންގެ އަނދަވަޅުން، ތިމަންނަމެން ނޫނޭ އެކަންކުރީ ބުނެފައި އަންނަ ފަދައިން މި އަންނަނީ.
ރައީސް ވިދާޅުވީ ގޮތުގައި ފައިސާ ޗާޕްކުރަން ހުއްޓާލާނެކަމަށް ވައުދުވެވަޑައިގެންނެވީ އެއީ އިގްތިސާދީ ގޮތުން ކުރިއަށް ދިޔުމަށްޓަކައި އަޅަން ޖެހޭ އެންމެ މުހިއްމު ފިޔަވަޅު ކަމަށްވާތީ ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް ފަސޭހަ ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވީއެވެެ. ''އެހެން ނަމަވެސް އެ ނުރައްކާ ބޮޑުވީސް އިތުރަށް ފައިސާ ޗާޕުކުރަމުން ފަސޭހަގޮތް ހިޔާރުކުރަމުން ދިޔަނަމަ.'' އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ މިދިޔަ ސަރުކާރުން އޭގެ ކުރީގެ 40 އަހަރާއި ބައްދަލުނުވާ އަދަކަށް ފައިސާ ޗާޕުކޮށްފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން ކުރި މިންވަރަކީ؛ އޭގެ ކުރީގެ 40 އަހަރުން ފެށިގެން ފައިސާ ޗާޕުކުރި ވަރަށް ވުރެ އެ ފަސް އަހަރު ކުރިވަރު ގިނަ. އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރި
އެއަށް ފަހު ރައީސް ވިދާޅުވީ މިދިޔަ ވެރިކަން ނިންމާލީ ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށެވެ. ރައްޔިތުން އެ ސަރުކާރަށް ނޫނެކެ ބުނެ މި ސަރުކާރަށް އާއެކޭ ބުނީ އިގްތިސާދު ރަނގަޅުކުރަން ބޭނުންުވާތީ ކަމަށް ވިދާޅުވިއެވެ. ފައިސާ ޗާޕުކުރަން ނިންމި ނިންމުމަށް ބައިނަލްއަގްވާމީ މާލީ އިދާރާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ އެންމެ ފަހުން ރާއްޖެއާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ފާހަގަކޮށް ތައުރީފްކޮށްފައެވެ. އެ ނިންމުމާއެކު ދެން ފެނިގެން ދާނީ އިގްތިސާދު ކުރިއަރައިގެންދާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޭކަރު ހަރަދުތައް މަދުރުކުރުން ހިމެނޭ ކަމަށާއި އަދި ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް