Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަސްވެރިންނަށް ފައިސާ ނުދީ ރައީސް ހުވަދޫއަށް ވަޑައިނުގެންނެވުމަށް ސައުދު ގޮވާލައިފި

މަސްވެރިންނަށް ފައިސާ ނުދީ ރައީސް ހުވަދޫއަށް ވަޑައިނުގެންނެވުމަށް ސައުދު ގޮވާލައިފި

ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމެއްނެތި, ދެކުނުގެ އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަތުރުނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މިއަދު ގޮވާލައްވައިފިއެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭތީ އިދިކޮޅުން ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ, މިއަދު މަސްވެރިންނަށް ފައިސާ ނުލިބިގެން ދައުލަތުގައި ސަލާމް ޖަހާ ހިސާބަށް ދިއުމުން ވެރިން ލަދުގަންނަން ޖެހޭ ކަމަށެވެ. އަދި އެއީ ވެރިން އިސްތިއުފާ ދޭން ޖެހޭ ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ރައީސް މުއިއްޒު އައްޑު އަތޮޅާއި ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅު ހުއްޓާލާ. ހުއްޓާލާ. ގެއަށް ކަނޑާލަންވީ ހެޔޮނުވާނެ. ދެކުނު އަތޮޅުތަކުގައި އެނބުރޭ ފައިސާއަކީ މަސްވެރިންގެ ފައިސާ," ސައުދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ސައުދު ވިދާޅުވީ, ސިޔާސީ މަގާމުތަކަށް ބޮޑެތި މުސާރަ ދިނުމަށާއި ޗާޓަރު ފްލައިޓުތަކުގައި އެކި ގައުމުތަކާއި ރަށްތަކަށް ދަތުރުކުރަން ފައިސާ ހުރޭ ކަމަށާއި ނަމަވެސް މަސްވެރިންނަށް ދޭން ޖެހުމުން ބުނަނީ ފައިސާ ނެތް ކަމަށެވެ.

ފުރަތަމަ ކުރަންވީ ކަމަކީ ދައުލަތުގެ ހަރަދު ކުޑަކުރުން ކަމަށާއި މަސްވެރިން ދޭ އެއްޗަކީ އަދި ކުރާ މަސައްކަތަކީ ހިލޭ ކުރާ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ މިއަދުން މިއަދަށް މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލައިފައެވެ.

"ފަހުން ދޭކަށް މީ ޗޮއިސް އެއް ނޫނޭ. އެއީ ޗޮއިސް އެއް އޮތް ކަމެއް ނޫން. މިއީ މަސްވެރިންގެ ހައްގެއް," ސައުދު ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ އިއްޔެއާއި މިއަދު މަސްވެރިން އަންނަނީ ކޫއްޑޫގައި މުޒާހަރާ ކުރަމުންނެވެ. މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދީ ސަރުކާރުން ނިންމާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް