Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލައިސެންސް ނެތް މީހަކު ދުއްވަނިކޮށް އެކްސިޑެންޓެއް ހިނގައި އަނިޔާވެއްޖެ

ލައިސެންސް ނެތް މީހަކު ދުއްވަނިކޮށް އެކްސިޑެންޓެއް ހިނގައި އަނިޔާވެއްޖެ

ކާރަކާއި، ބަހަކާއި، ސައިކަލެއް ޖެހި މާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ހުޅަގުން އިރަށް ދުއްވަފައި އައި ސައިކަލެއް އެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕުގައި އޮތް އެމްޓީސީސީގެ ބަހެއް ގެ ފަހަތުން އައި ސައިކަލުން ޖެހި މަގުގެ އަނެއް ފަރާތު އޮތް ކާރެއްގައި ޖެހިގެން.

ފުލުހުން ބުނީ އެ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިރޭ 20:00 އެހާކަންހާއިރު ކަމަށެވެ.

Advertisement
Ooredoo — Square (box)

މި އެކްސިޑެންޓް ގައި ސައިކަލު ދުއްވި މީހަ އަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ގައި ދަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓު ގައި ސައިކަލު، ބަސް އަދި ކާރަށް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ.

އަދި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގްގަމު އުޅަދު ދުއްވުމުގެ ލައިސެންސު ނެތް ކަމަށް ފުުލުހުން ބުންޏެވެ.

މި އެކްސިޑެންޓު ގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް