Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތިނަދޫ އެއާޕޯޓުގެ ފައިނަލް އެގްރީމެންޓުގައި ސޮއިކުރާނީ ގާބިލުކަން ބަލާފައި: ސަރުކާރު

ތިނަދޫ އެއާޕޯޓުގެ ފައިނަލް އެގްރީމެންޓުގައި ސޮއިކުރާނީ ގާބިލުކަން ބަލާފައި: ސަރުކާރު

ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބިޔަ ބޮޑު މަޝްރޫއުގެ ފައިނަލް އެގްރީމެންޓު ހަވާލުކުރާނީ އިންވެސްޓަރުންގެ ގާބިލުކަން ކަށަވަރު ކުރުމަށްފަހު ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

ތިނަދޫ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. މަޝްރޫއު ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ.

މަސައްކަތް ހަވާލުކުރީ ކުންފުނީގެ ގާބިލުކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލުކުރަމުންނެވެ.. އެ ކުންފުނި ކުންފުނީގެ ރަޖިސްޓްރީ ކޮށްފައިވަނީ ހޯލްސޭލްކޮށް އަންނައުނުގެ ވިޔަފާރި ކުރާ ކުންފުންޏެއް ގޮތުގައެވެ.

Advertisement
Ooredoo — Truecaller (box)

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޕޭން ފެސިިޕިކް ލިމިޓެޑާއި ސޮއިކުރެވުނު ފަހުމުނާމަ (އެމްއޯޔޫ) އަކީ އެ މަޝްރޫއު އެކުލަވާލުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ސޮއިކުރެވުނު ފަހުމުނާމާ އެއް ކަމަށެވެ.

އެ މަޝްރޫއުގައި ހިމެނުމަށް އެ ކުންފުނިން ހުށަހަޅާފައިވަނީ ހަތަރު ކިލޯ މީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސަންޖާ ޓާމިނަލް އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ގާއިމްކުރުމަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި އަދި ފްލައިން ސްކޫލު ތަރައްގީ ކުރުމަށްވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކުރެވުނީ ޕްރޮޕޯޒަލށް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރު ކުރުމަށް ފަހު، ބަލަން ޖެހޭ އެންމެހާ ކަންތައްތައް ބަލައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮވާ ގޮތުގެ މަތިން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް