Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ޕެނަޑޯލް ވިއްކުމުގެ ހުއްދަ އަލުން ދީފި

ޕެނަޑޯލް ވިއްކުމުގެ ހުއްދަ އަލުން ދީފި

ފިހާރަތަކާއި ބޭސް ފިހާރަތަކުގައި އަނެއްކާވެސް ޕެނަޑޯލް ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ- އެމްއެފްޑީއޭއިން ދީފިއެވެ.

އެމްއެފްޑީއޭއިން ވަނީ މި ބޭހުން ކޮލިޓީގެ މައްސަލައެއް ފާހަގަކުރެވުމުން އެ ބޭސް ޓެސްޓު ކޮށްފައިއެވެ. އަދި އެ މުއްދަތުގައި ބޭހުގެ ވިޔަފާރި ކުރަމުން އައި ތަންތަނުން މި ބޭސް ނުވިއްކުމަށްވެސް އެ އިދާރާއިން ވަނީ އަންގާފައިއެވެ.

ކޮލިޓީ މައްސަލަ ފާހަގަވެފައި ވަނީ ޕެނަޑޯލްގެ 500މގ ގެ ގުޅަ ބޭހުންނެވެ.

Advertisement
Allied Insurance — Square (box)

އެމްއެފްޑީއޭއިން ބުނި ގޮތުގައި މި ބޭހާއި ގުޅޭގޮތުން ކުރެވުނު ތަހުލީލު ރިޕޯޓުތަކުން ދައްކާގޮތުގައި ޕެނަޑޯލް ބޭހުގައި ހުންނަން ޖެހޭ މިންވަރަށް ބޭހުގައި ހުންނަން ޖެހޭ ސްޓްރެންޓުތައް ހުންނަން ޖެހޭކަން ޔަގީންވެއެވެ.

އަދި ބޭހުގައި ދިމާވި ކޮލިޓީގެ މައްސަލަ ދިމާވެފައިވަނީ ބޭސް އުފުލާ ގުދަންކުރުމުގައި ބޭނުންކޮށްފައިވާ އުކުޅުތަކުގެ ސަބަބުން ކަމަށްވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައިއެވެ.

އަދި މި ބެޗުގެ ބޭސްތަށް މިހާރު އެއްވެސް ފިހާރައެއްގައި ނެތަކަން މިހާރުވަނީ ކަށަވަރުކުރެވިފައިކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައިއެވެ.

އެހެންކަމުން މިއަދުން ފެށިގެން މި ބޭސް ރާއްޖޭގައި ވިއްކުމަށް އެމްއެފްޑީއޭއިން ވަނީ ހުއްދަ ދީފައިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް