Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ބީއެމްއެލްއިން ޚިދުމަތްދޭނެ

ރަމަޟާން މަހުގެ ފަހު ދިހައެއްގައިވެސް ބީއެމްއެލްއިން ޚިދުމަތްދޭނެ
މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބެންކުތަކުން ޚިދުމަތްދޭނެ ކަމަށް އެ ބެންކުން ބުނެފިއެވެ.

ބީއެމްއެލްއިން މިހެން ބުނެފައި ވަނީ އެ ބޭންކުން މިއަދު ނެރުނު އިއުލާނެއްގައެވެ.

އެ ގޮތުން ބީއެމްއެލުން ބުނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް އެ ބެންކުން ޚިދުމަތްދޭނެ ކަމަށެވެ.

ހަމަ އެހެންމެ ރަމަޟާން މަހުގެ އެހެން ދުވަސްތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބެންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހެނދުނު 9:30އިން މެންދުރު 12:00އަށް ހުޅުވާފައި ހުންނާނެ ކަމަށް ބީއެމްއެލް އިން ހާމަ ކުރެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ބީއެމްއެލުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަމަހު ލިބޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.

ބީއެމްއެލްއިން ވަނީ ރަމަޟާން މަހު އިންޓަނެޓް ބޭންކިންނާއި ބީއެމްއެލް އެޕް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް އެދިފައެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް