ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެއްޖެ
ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި އަށްމީހަކަށް އަނިޔާވެއްޖެއެވެ.
މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި އެކްސްިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 19:48 ހާއިރު ލިބިފައިވާ ކަމަށެވެ.
އެތަނުން ދެ މީހަކު ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ޖުމްލަ އަށް މީހަކަށް, އެކްސިޑެންޓުގައި އަނިޔާވި ކަމަށެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުންނެވެ.
Ads by Allied Insurance