Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާ ގިނައިރުވާތީވެ ފުލުހުންގެ ހޯލްޑިން ރޫމުގެ ދޮރަށް ގެއްލުން ދިނުމުން ބަންދުކޮށްފި

މާ ގިނައިރުވާތީވެ ފުލުހުންގެ ހޯލްޑިން ރޫމުގެ ދޮރަށް ގެއްލުން ދިނުމުން ބަންދުކޮށްފި

ފުލުސް އޮފީހަށް ގެންދިޔަ މައްސަލައެއްގައި، މާ ގިނައިރުވާތީ ފުލުހުންގެ ހޯލްޑިން ރޫމުގެ ދޮރަށް ގެއްލުން ދިން މީހަކު 15 ދުވަހަށް ބަންދުކުރަން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ބަންދުކޮށްފައިވަނީ ހުސެއިން ނަބީލް، މ. ފެންނިރު/ 28 (އ) އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނޫ އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއި އިޖުރާތު ގާނޫނުގެ 59 މާއްދާ އާއި 60 ވަނަ މާއްދާ އަށް ރިޔާއަތްކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ.

Advertisement
Ooredoo — Truecaller (box)

ގާޒީ އައިޝަތު ނުޒުހާ ނެރެފައިވާ އަމުރުގައި ބުނީ, އެ މީހާ ހައްޔަރުކޮށްފައިވަނީ އިޖުރާތާ އެއްގޮތަށް ކަމަށާއި، ގިނައިރުވާތީ ރުޅިއައިސްގެން ޕޮލިސް ހޯލްޑިން ރޫމްގެ ދޮރުގައި ފައިންޖަހައި ގެއްލުން ދިން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ނަބީލް އަކީ މީގެ ކުރިންވެސް ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށް އަމުރުގައި ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް