Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ 8250 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ 8250 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ 8250 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަހަރައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާއި ގުޅިގެން މިހާތަނަށް 8250 ފަރާތަކަށް ވަނީ އެގްރީމެންޓުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހަކަށް ހަވާލުކޮށްފައިވާއިރު ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރާ 303 މީހުން އެބަތިބި ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އަދި ބިން ދޫކޮށްލަން އެދިފައިވާ ފަރާތްތަކުގެ ތެރެއިން ސޮއި ނުކުރެވެނީ 16 މީހުންގެ ކަމަށާއި އެޕްލިކެންޓު ނިޔާވުމުގެ ސަބަބުން 12 ފަރާތަކަށް ސޮއި ނުކުރެވޭ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ހައުސިން މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެއެވެ.

މާލޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިދިޔަ ސަރުކާރުން ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން ބިން ހިއްކައިގެން ޖުމުލަ 9003 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.  އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް