Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލަސިސް ހެދުމުގެ މަސައްކަތް ފަށަނީ

އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލަސިސް ހެދުމުގެ މަސައްކަތް ފަށަނީ

ހއ. އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރުމުގެ ކުރިން, މިހާރު ހުރި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ޑަޔަލިސިސް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އިހަވަންދޫއަށް ވަޑައިން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކުރެއްވުމަކީ އެމަނިކުފާނުގެ ވަޢުދެއް ކަމަށާއި އެ ވައުދު ފުއްދައިދެއްވާނެ ކަމަށެވެ.

ނަަމަވެސް އޭގެ ކުރިން މިހާރު ހުރި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލަސިސް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭގޮތަށް، ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ފުޅާ މިނުގައި ޤާއިމުކުރާ މަސްވެރިކަމުގެ އެސްޓަބްލިޝްމަންޓަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. ވިސްނުމަކީ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއަކުން ދިގު މުއްދަތަށް ބަހާލައިގެން އެ މަސައްކަތް ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް