Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭ ގައި އިތުރު ހޮސްޕިޓަލެއް އަޅަން ޖެހޭ: ރައީސް

ހުޅުމާލޭ ގައި އިތުރު ހޮސްޕިޓަލެއް އަޅަން ޖެހޭ: ރައީސް
ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އަޅަން ޖެހޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އާންމުންނަށް ރައީސްއާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'' ގައެވެ. ސަރުކާރުގެ ރަސްމީ 'އެކްސް' އެކައުންޓުން ޕޯސްޓުކުރި ވީޑިއޯގައި، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހަކު ވަނީ ހުޅުމާލެ ހޮސްޕިޓަލުން އެތެރެ ހަށީގެ ޑޮކްޓަރަކަށް ދައްކަން ކިޔު ދިގު ކަމާއި ގުޅޭގޮތުން ރައީސްގެ ހިޔާލުފުޅަކީ ކޮބައިތޯ އަހާފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަަމަށެވެ.

ދަރުމަންވަންތަ ހޮސްޕިޓަލާއި ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި އައިޖީއެމްއެޗާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ގާތްގަނޑަކަށް ލައްކައެއްހާ ރައްޔިތުން އުޅޭއިރު ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައްވެސް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލްގައި ދެންމެ ތި ވިދާޅުވި ކަންކަން ހައްލުވެގެންދާނެ. އެހާ ގިނަ މީހުންނަށް ޚިދުމަތްދޭއިރު ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ. އަދި އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އިތުރު ހޮސްޕިޓަލަކާއި ތެލަސީމިއާ ހޮސްޕިޓަލެއް ތަރައްގީކުރަން ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް