Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދިފައިހުރި ގަހުގައި ރޯކޮށްލައިފި

ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދިފައިހުރި ގަހުގައި ރޯކޮށްލައިފި

ހއ. ބާރަށުގައި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ކާނިގަހުގައި ބަޔަކު ރޯކޮށްލައިފިއެވެ

މައުލާމާތު ލިބިފައިވާ ގޮތުން އެ ގަހުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު ހާއިރުއެވެ. ކައުންސިލާއި ފުލުހުން ގުޅިގެން ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. https://twitter.com/mfruqan/status/1762663079777890807
ކައުންސިލް މެމްބަރު ސަމީހާ މޫސާ ''ދެން'' އަށް ވިދާޅުވީ އެ ގަހުގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު އޮފީހަށް ނިކުތުމުން ކަމަށެވެ. އެއީ ހިމާޔަތްކޮށްފައިވާ ގަހެއް ނަމަވެސް އެ ގަސް ރައްކާތެރިކުރުމަށް އެއްވެސް ސަރުކާރަކުން އަހަމިއްޔަތުކަމެއް ދީފައިނުވާ ކަމަށް ސަމީހާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކާނި ގަހުގެ ތެރެއިން ނިކަ ގަހެއް ފަޅައި، ގަސް ބޮޑަވަމުން އައިވަރަކަށް ކާނިގަސް ދަނީ މަރުވަމުން ކަމަށެވެ. އިއްޔެގެ ވަގުތެއްގައި މައުލޫމާތު ލިބުނީ ޒުވާނުންންގެ ބަޔަކު އެ ނިކަގަސް ހެދޭތީވެ، ކާނިގަސް މަރުވާތީވެ، ކާނިގަސް ހިމާޔަތްކުރުމަށް ނިކަގަހުގެ ގޮފިތައްކޮށާލީ ކަމަށް ގަސްތެރެއިން. ގަހުގައި ރޯކޮށްލީމަ ހުޅުހިފައިގެން ގޮސް ހިކަފައިހުރިމާ 90 ޕަސެންޓު ހުރި އަނދާފައި ގަހާ ވަކިވެގެން'' ސަމީހާ ވިދާޅުވިއެވެ.
ބާރަށު އީދުކުޅޭ މަގުގައި ހެދި ބޮޑިވެފައި ހުރި ޒަމާންވީ އެ ގަހަކީ 400 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް