ޚަބަރު

ފާނަބަސަންދު ފެތުރޭ މިންވަރު އިތުރުވަނީ, ސަމާލުވޭ! 

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެ ބަލީގެ ވޭދަނަތައް އިތުރުވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާންމުން އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށެވެ.

ފާނަބަސަންދުގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެއެވެ.

މި ބަލި ޖެހެނީ ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިޔާއިންގެ އިތުރުން، ބިހިނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައި އޮތް ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުން ކުރުމުންނެވެ.

މި ބަލި ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިޔުމަށާއި ވެކްސިން ނުޖަހާ ނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެއްފަހަރު މި ބަލި ޖެހިއްޖެނަމަ، ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިންމުކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!