އެމްޑީޕީގެ ތާއީދު އަލީ ޒާހިރަށް

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވ. ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ ޒާހިރު (އަލިޕީ)އަށް އެމްޑީޕީން ތާއީދުކުރަން ނިންމައިފިއެވެ.
މިކަން އިއުލާންކޮށް އެމްޑީޕީން މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޕާޓީން ވާދާނުކުރާ ދާއިރާއެއްކަމަށްވާ ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ޢަލީ ޒާހިރު، މިސްކިތްމަގު. މާހާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2)ކަށް އެ ޕާޓީން ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ފެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓުދޭން އެމްޑީޕީން ވަނީ އެދިފައެވެ.
މިދިޔަ ސަރުކާރުގެ ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަތްނަވާ އަލީ ޒާހިރު މަޖިލީހަށް ވާދަކުރައްވަނީ ޕާޓީގެ ބަދަލުގައި އަމިއްލަ ގޮތުންނެވެ.
ފެލިދޫ ދާއިރާ އަކީ އެމްޑީޕީން ވާދަނުކުރަން ނިންމާފައިވާ ހަތަރު ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ.