Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގދ ވާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފި

ގދ ވާދޫގެ  ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފި
ގދ. ވާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ. އެ ރަށުގެ ކައުންސިލަރުން ވަގުތީ ގޮތުން މަގާމުން އެކަހެރި ކުރަން ނިންމީ އެލްޖީއޭއިން ހިންގި އިންކުއަރީއަކަށް ފަހުއެވެ. އިންކުއަރީއަށް ފަހު އެލްޖީއޭއިން މިއަދު އާއްމުކުރި ރިޕޯޓުގައިވާ ގޮތުންނަމަ އެ އިންކުއަރީގައި އެ ކައުންސިލާ ގުޅޭ ގޮތުން ހުށަހެޅުނު 27 މައްސަލައެއް ވަނީ ބަލާފައެވެ. އެ މައްސަލަތައް ބެލުމަށް ފަހު އެކި މުއްދަތަށް ކައުންސިލުގެ ހުރިހާ މެމްބަރުން މަގާމުން އެކަހެރިކުރުމަށް ކައުންސިލުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭއިން ވަނީ މި މަހުގެ 22 ވަނަ ދުވަހު ފާސްކޮށްފައެވެ. ވާދޫ ކައުންސިލުގެ މެމްބަރުން
  1. ކައުންސިލުގެ ރައީސް ހަސަން ޢަބްދުﷲ: މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސް ދުވަހަށް މަގާމުން އެކަހެރިކޮށްފައި
  2.  ނައިބް ރައީސް ހާޝިރު މުހައްމަދު: މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސް ދުވަހަށް މަގާމުން އެކަހެރިކޮށްފައި
  3. ކައުންސިލުގެ މެންބަރު ސާރާ މުހައްމަދު: މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ދެ މަސް ދުވަހަށް މަގާމުން އެކަހެރިކޮށްފައި
  4. މާރިޔަތު އިބްރާހީމް: މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސް ދުވަހަށް މަގާމުން އެކަހެރިކޮށްފައި
  5. މެންބަރު މުހައްމަދު ޝިފާގް: މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސް ދުވަހަށް މަގާމުން އެކަހެރިކޮށްފައި
އެލްޖީއޭގެ ބޯޑުން ފާސްކޮށްފައިވަނީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ލަފާދީފައިވާ ފަދައިން އަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް