ޚަބަރު

ރާއްޖޭގައި މުޅިން އަލަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި މުޅިން އަލަށް މިއަދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.

Ads by MWSC

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ އެއަރ އެންބިއުލާންސްގެ ޚިދުމަތް ފެށުމަކީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައި މީގެ ކުރިން ދެކެމުން އައި ކަމެއް ކަމަށެޗެ. ނަމަވެސް އެވިސްނުން ބަދަލުކޮށް، އެއީ ރާއްޖޭގައި ހުރި ވަސީލަތްތަކުން ޙާސިލްކޮށްދެވިދާނެ ޚިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ދައްކުވައިދީފައިވާ ކަމަށާއި ފެންނަމުންދަނީ އޭގެ ފުރިހަމަ ނަތީޖާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން ދެ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށެވެ. އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރި އަކު ވެސް އުޅޭނެ ކަމަށާއި އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ މެޑިކަލް ޓެކްނީޝަނުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސާ އެކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެއެވެ. އަވައްޓެރި ސްރީ ލަންކާ އަށް ބަލި މީހުން ގެންދިއުމުގެ ހުއްދަ ވެސް ލިބިފައިވެއެވެ. އަދި ވަރަށް އަވަހަށް އިންޑިއާ އިން ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

Ads by HDC
  1. ާޢައިޝް

    ކޮންމެ ދާއިރާ އަކަށް ބެލިޔަސް ކުރިއެރުން ފެންނަމުން ދަނީ. ޢުންމީދު އާލާވަމުން ދަނީ.