ރައީސްގެ ބުލީ ވާހަކައަށް، އެންމެ ފަހުން ޖައިޝަންކަރު ރައްދު ދެއްވައިފި
އިންޑިއާ އިން ދިވެހިރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ދެމަހެއް ކުރިން ދެއްކެވި ވާހަކައަށް އެ ގައުމުންން ނުސީދާ ރައްދެއް ދީފިއެވެ.
އިންޑިއާގެ ޖަޒީރާ ރަށެއްކަމަށްވާ 'ލަކްޝަދީބް' އަށް އެ ގައުމުގެ ބޮޑުވަޒީރު ޒިޔާރަތް ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ފޮޓޯއަކަށް މި ސަރުކާރުގެ ވަޒީރުންގެ ނައިބުންތަކެއް ކުރެއްވި ކޮމެންޓާ ގުޅިގެން މީގެ ކުރިން ނުވާހާ ބޮޑަށް ދެ ގައުމުގެ ގުޅުމަށް ވަނީ ބުރޫއަރާފައެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން،" މަސްރަހު ހޫނެވި ދަނޑިވަޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސް ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ލިޔުއްވާފައިވާ "ވައި ބާރަތު މެޓާސް" ފޮތް ޕްރޮމޯޓް ކުރުމަށް ބޭއްވި ހަފްލާއެއްގައި އޭނާ ވަނީ އަވަށްޓެރި ގައުމުތަކަށް ދިމާވާ ދަތި އުނދަގޫތަކުގައި އަވަށްޓެރި ގައުމުތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން އިންޑިއާ އަކީ "ބުލީ" އެއްގެ ގޮތުގައި ދެކޭތޯ ސުވާލު ކުރުމުން ޖައިޝަންކަރު ވިދާޅުވީ ދުނިޔޭގެ މި ހިސާބަށް މިއަދު އައި ބޮޑު ބަދަލަކީ އިންޑިއާ އާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި ހިނގާފައިވާ ކަންތައްތައް ކަމަށެވެ.
''އިންޑިއާ އަކީ ބޮޑު ބުލީއެއްގެ ގޮތުގައި ދެކޭ ކަމަށް ބުނާއިރު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަވަށްޓެރިން ހާލުގައި ޖެހިއްޖެ ހާލަތެއްގައި ބޮޑެތި ބުލީކުރާ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރު ނުދޭ. ކޮވިޑް-19 ފެތުރެމުންދާ އިރު ބޮޑެތި ބުލީކުރާ މީހުން އެހެން ގައުމުތަކަށް ވެކްސިން ސަޕްލައި އެއް ނުކުރޭ'' އިންޑިއާއިން މި ސަރަހައްދަށް ވެދެމުންދާ އެހީ ފާހަގަކުރައްވައި އަދި އިންޑިއާ އަކީ ސަރަހައްދުގެ ބުލީއެއް ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ވިދާޅުވިއެވެ.
ބަލަ ކަލޭމެން ދޭ ފާއިސާ އައް ވުރެ މާ ގިނަފާއިސާ މިގައުމުން ކަލޭމެންނަށް ބޭސްފަރުވާ ގެ ގޮތުގައި ހޭދަކުރެޔޭ. ޓްރިވެންޑްރަމް، ކޮޗިން މަތިން ހަނދާން ކޮށްބަލަ، ޑރ. ޝަންކަރު
ކަލަ ގޮވާނެކަމެއްނެތް .ރާއްޖޭގަ ޖެހި ވެކްސިން އަކީ ޖަނަވާރަށް ވެސް ޓެސްޓު ނުކުރާ ވެކްސިނެއް. އެވެކްސިން ޓެސްޓް ކުރީ ރާއްޖޭގަ ޖަނަވާރު ތަކަށް ދީގެން .ކޮންމެ މީހަކު ފޯމެއްފުރާ ސޮއިކުރަންޖެހުނީ މިހެންވެ،
ރާއްޖެ އަށް 4.5 ބިލިއން ޑޮލަރުގަ ވާހަކަ ކިޔާ އިރު ރާއްޖޭ ގަ ޕްރޮޖެކްޓް ހިންގަން ފުރުސަތު ލިބުމުން ޗައިނާއިން 2% އަށް ލޯނުނަގައިގެން ރާއްޖޭގެ ނަމުގަ އިންޑިޔާގެ ކުންފުނިތަކަށް 8 % އަށް ލޯނުދީގެން ރާއްޖޭގަ މަސައްކަތް ކުރުވީ ރާއްޖެއަށް ހެޔޮ އެދިގެންތަ؟ ބަލަގަ އެއީ އިންޑިޔާ ކުންފުނިތައް ބަގުރޫޓް ވުމުން ސަލާމަތްކުރުމަށާއި އިންޑިޔާއަށް ނަފާލިބޭ ވިޔަފާރިއެއް ހިންގުމަށް ހިންގި ކަނަކަމެއްނޫންތަ؟