ޚަބަރު

ކިތަންމެ ބޮޑު ކުއްޔެއް ދޭން ބުންޏަސް ބޭރު ގައުމެއްގެ ސިފައިން ބައިތިއްބަން ދިވެހި ފަސްގަނޑުން ޖާގައެއް ނެތް: މުއިއްޒު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކިތަންމެ ބޮޑު ކުއްޔެއް ދޭން ބުންޏަސް ބޭރު ގައުމެއްގެ ސިފައިން ބައިތިއްބަން ދިވެހި ފަސްގަނޑުން ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މީސް މީޑިއާގައި އާންމު ރައްޔިތުން ޝުއޫރު ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ޑރ.މުއިއްޒު ވިދާޅުވީ އިގްތިސާދީ ގޮތުން ގައުމާ ރައްޔިތުން ބަނޑަށް ޖެހި ގޮތް ހުސްވެފައި ތިއްބާ އާމްދަނީ އެއް ލިބޭނެ ގޮތެއް ހުށަހެޅިގެން ދިއުމުން ނޫނެކޭ ބުނަން އުނދަގޫވާނެ ކަމަށެވެ.

"ނަމަވެސް ކިތަންމެ ބޮޑު ކުއްޔެއް ދޭން ބުންޏަސް ބޭރު ގައުމެއްގެ ސިފައިން ބައިތިއްބަން ދިވެހި ފަސްގަނޑު އެންމެ އަކަ އިންޗިއެއްވެސް ކުއްޔަށް ނުދެމާތޯ." މުއިއްޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރާއްޖެއަކު އިންޑިއާ ސިފައިންނެއް ނެތް ކަމަށެވެ. ހޫދު މިހެން ވިދާޅުވި ނަމަވެސް އައްޑޫ ސިޓީގައި އަދި ލ.ކައްދޫގައި އިންޑިއާ ސިފައިން އޮޕަރޭޓު ކުރާ ދެ ހެލިކޮޕްޓަރު އޮވެއެވެ. އަދި އެ ދެއަތޮޅުގައި ވެސް އިންޑިއާ ސިފައިން ތިބޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!