ޚަބަރު

ހޯމަދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ހޯމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާ ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އާންމުކުރައްވައިފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް 11 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަންނާނެކަމަށެވެ.

ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

* އާދައިގެ ހަނޑޫ - 12 ރުފިޔާ
* ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
* ރަތް ހަނޑޫ - 80 ރުފިޔާ
* ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
* ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
* އާދައިގެ ފުށް - 10 ރުފިޔާ
* އާޓާ ފުށް - 75 ރުފިޔާ

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާކަމަށާއި މިގޮތުން ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ،  ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި  ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!