Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޅ އަތޮޅަށް!

ރައީސް ޅ އަތޮޅަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފާދިއްޕޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 1 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެއަތޮޅު ކުރެންދޫއަށެވެ. ޢެއަށްފަހު ހިންނަވަރަށާއި ނައިފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އޮޅުންފިލުއްވުމާއި އެ މަސައްކަތަކުގައި ކައުންސިލްތަކުގެ މަޝްވަރާ ހޯއްދެވުމުމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްޞަދެކެވެ.

Advertisement
Ooredoo — Square (box)

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގެ އިތުރުން، ވަޑައިނުގެންނެވޭ ރަށްރަށުގެ ކައުންސިލްތަކާއިވެސް ބައްދަލުކުރައްވައެވެ. އެގޮތުން މިހާތަނަށް 15 އަތޮޅެއްގެ 60 އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައިވާއިރު، ލޯކަލް ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތަށް އެމަނިކުފާނު ވަނީ 140 އަށްވުރެ ގިނަ ކައުންސިލާއި ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް މިއަަހަރު ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޢަމާޒަކީ މި ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެފަހަރު ވަޑައިގަތުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް