Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދިވެހި އައިޑީކާޑެއް އޮތަސް އަދި ދިވެއްސަކަށް ނުވާނެ ކަމަށް ބުނުމުން ހޫނުފެނަށް!

ދިވެހި އައިޑީކާޑެއް އޮތަސް އަދި ދިވެއްސަކަށް ނުވާނެ ކަމަށް ބުނުމުން ހޫނުފެނަށް!

ދިވެހިމަޔަކާ ބަފައަކަށް އުފަންވެ ދިވެހި އައިޑީކާޑެއް އޮތަކަސް އަދި ދިވެއްސަކަށް ނުވާނެ ކަމަށް މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އަބްދުﷲ އެެހެން ވިދާޅެވެފައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން މިއަދު ޅ. ކުރެންދޫގައި ހުންނަވާ ވާހަކަދައްކަމުންނެވެ.

އެ ރަށުގައި ވާހަކަ ދައްކަމުން އަބްދުﷲ ވިދާޅުވީ މީހެއްގެ ނަމާއި ޕާސްޕޯޓު ނުވަތަ އައިޑީކާޑުގަ އެއީ ދިވެހި ރައްޔިތެއްކަން ބުނުމަކުން އެއީ ދިވެހި ރައްޔިތަކަށް ނުވާނެ ކަމަށެވެ. އެ މީހަކީ މަސްވެރިޔެކޭ ބުންޏަސް މަސްވެރިކަމުގެ އުސޫލުތަކާއި ވައްޓަފާޅި ނޭގެންޏާ އޭނާ މަސްވެރިޔަކަށް ނުވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"ހަމައެހެންމެ، ދިވެހިރާއްޖެއަށް މީހަކު އުފަންވުމުން ދިވެހި މަންމައަކަށް މަންމަ ކިޔާ، ދިވެހި ފިރިހެނަކަށް ބައްޕަ ކިޔުމަކުން އަދި ދިވެއްސަކަށް ނުވާނެ، ދިވެއްސަކަށް ވާނީ ދިވެހިންގެ ތާރީހާއި، ސަގާފަތާއި، އާދަކާދަޔަށް އިހުތިރާމުކޮށް އެ އަސާސްތަ ނަގަހައްޓަން ކެރޭ ދަރިޔަކަށް " އަބްދުﷲ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)
އެ ހަބަރާއެކު އޭނާއަށް އާންމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެ ހަބަރު އެކްސްގައި ރީޕޯސްޓު ކުރައްވައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ގައުމިއްޔަތަކީ ހުރިހާ ދިވެހިންގެ އެއްޗެއް ކަމަށެވެ. ''އެއީ ބޮޑު މުސާރަވެރި ވަޒީފާތަކެއްގައި ތިބި މީސްކޮޅެއްގެ އެކަނި މިލްކެއް ކަމަށް ހަދަން އުޅުމަކީ ވަރަށް “ލާ ގައުމިއްޔަތު' ކަމުގެ އަމަލެއް'' ވައްޑެ ވިދާޅުވިއެވެ. https://twitter.com/waddey_/status/1766387972348539308 އަސްއަދު ނަމަކަށް ކިޔާ މީހަކު ކުރި ކޮމެންޓެއްގައި ބުނީ އެގޮތަށް ބަސް މަގުން ހުރުމުން އުފެދޭނީ ހައިޖަނު ކަމަށެވެ. ''މައިންބަފައިންނަކީ ދިވެހިންނަށްވެފައި އަދި އެ މީހާގެ އަތުގައި ދިވެހި ޕާސްޕޯޓެއް އޮތީމަ އެ އެ މީހުންނަކީ ދިވެހިން ނޫން ހެއްޔެވެ؟'' އެހެން މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ. https://twitter.com/Polaris920094/status/1766403846400843828 https://twitter.com/mujookeynee/status/1766406117511545173 https://twitter.com/Muavviyath/status/1766398328638673150   ހުސެއިން ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ވަނީ ގާނޫނު ދަަސްކުރަން އަބްދުﷲ އަށް ގޮވާލާފައެވެ. ''އެހެންވީމަ އަހަންނަކީ ރެފިއުޖީއެއްދޯ؟" މުއްތު ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުންޏެވެ. އަބްދުﷲ މާ ބޮޑަށް ހަރުކަށީ ވަތަނީ ވަނީ ކަމަށާއި ހައްދު ފަހަނަ އެޅި ގައުމީ ފިކުރަކީ ނުރައްކާތެރި އެއްޗެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް