ޚަބަރު

ރޯދަމަހަށް ހަނދު ބެލުން މިރޭ

އަލީ ސަމާޙް ، ދެން އޮންލައިން

ރަމަޝާން މަހުގެ ހަނދު ސާބިތުކުރަން ބާއްވާ ޖަލްސާ މި ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ''ދެން'' އަށް ވިދާޅުވީ ޖަލްސާ އޮންނާނީ މި ރޭ 8:30 ގައި ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ މި ޖަލްސާގައި އިސްލާމީ ގައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން އަމަލުކުރާ އުސޫލުތަކާއި ފަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މި އަހަރުގެ ރަމަޝާން މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅާނެއެވެ.

ރަމަޟާން މަހުގެ ހަނދު ބެލުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމ،ަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި ކަަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށެއްގައިނަމ،ަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ގާއިމުގެ ނެތް ރަށެއްގައިނަމ،ަ އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައެވެ.

ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއ،ި ރަށު ކައުންސިލްގެ އިދާރާތަކާއ،ި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 11 ވާ ހޯމަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!