Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އެޑްވަޓޯރިއަލް

ހިޔާ ޓަވަރުތަަކަށް ކަރަންޓު ދިނުން ދެން ކުރިއަށްދާނީ ލިފްޓުތައް ކޮމިޝަންކޮށް ނިމުމުން: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ ހިދުމަތް ދެން ކުރިއަށް ދާނީ އެޗްޑީސީން ލިފްޓުތައް ކޮމިޝަންކޮށް ނިމުމުން ކަމަށް ނިމުމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައި މިވަނީ  ހިޔާ ފްލެޓްގެ ލިފްޓެއްގައި އިއްޔެ ބަޔަކު ތާށި ވެފައި ވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނުމާ ގުޅިގެންނެވެ.

ލިފްޓުތައް ކޮމިޝަން ނުކޮށް ހުރެއްޖެ ނަމަ، އެފަދަ ހާދިސާތައް ތަކުރާރު ވެދާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން، ފްލެތްތަކަށް ކަރަންޓުދިނުން ވަގުތީ ގޮތުން މެދުކަނޑައިލާން އެޗްޑީސީން އެދިފައި ވާކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ސްޓެލްކޯއިން އިތުރަށް ބުނީ ދެން އެ މަސައްކަތް ކުރިއަށް ދާނީ، ލިފްޓުތައް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމި، ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އަލުން ފެށުމަށް އެޗްޑީސީން އެންގުމުން ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފައި ވަނީ މި ހިނގާ އޯގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ. އެގޮތުން، ޓަވަރު 16، 15، 11، 12، 6، 5، 4 އަދި 3 އަށް މިހާރު ސްޓެލްކޯއިން ވަނީ ކަރަންޓު ދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް