Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނިޝާނާއި ފަޒްލޫނަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ދީފި

ނިޝާނާއި ފަޒްލޫނަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ދީފި

ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގިކަމުގެ ކުށުގައި ޖިނާއީ ދައުވާ އުފުލައި، ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި ޝެއިހް ފަޒްލޫން މުހައްމަދު އާއި ޝެއިހް އާދަމް ނިޝާންއަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ދީފިއެވެ.

އެ ހަމަނުޖެހުމެއް ހިނގީ މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން 18 މީހަކަށް ދައުވާކުރިއެވެ.

''މިދިޔަ ސަރުކާރުން ހިފެހެއްޓި އަޅުގަނޑުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މި ސަރުކާރުން ވަނީ އިއްޔެ އަލުން އަނބުރާ ދީފައި'' ނިޝާން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވިއެވެ. ހުއްދަ އަލުން ދިނީތީވެ އޭނާ ވަނީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއަށް ޝުކުރު އަދާކޮށްފައެވެ.

Advertisement
Ooredoo — Square (box)

އެ ދެ ޝޭހުންނަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދީފައިވަނީ ކަނޑައަޅާފައިވާ ދީނީ ނަސޭހަތް ދިނުމުގެ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމު ކުރުމަށް އެއްބަސްވުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް