Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އަދާލަތު ޕާޓީން ވަކިވުމަށް ފަހު ޝިދާތާ ނޭޝަނަލް ޕާޓީއަށް!

އަދާލަތު ޕާޓީން ވަކިވުމަށް ފަހު ޝިދާތާ ނޭޝަނަލް ޕާޓީއަށް!

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދާލަތު ޕާޓީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގަންނަވައިފިއެވެ.

އެމްއެންޕީއާ ގުޅިވަޑައިގެންނެވިކަން އިއުލާނު ކުރައްވައި ޝިދާތާ މިއަދު އާއްމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ މަޤާމުތަކުންނާއި މެމްބަރުކަމުން ވަކިވިކަން ޕާޓީއަށް އަންގައިފައިވާނެ ކަމަށާއި ސިޔާސީ ފުރަތަމަ ފިޔަވަޅާ އެކު މިހާތަނަށް އުކަމުން ދިޔަ އެންމެހާ ސިޔާސީ ސޮފްހާތައް އުކަމުން ދިޔައީ އަދާލަތު ޕާޓީއާ އެކު ކަމަށެވެ.

ޝިދާތާ ވިދާޅުވީ މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކާ ހަމަޔަށް ދިޔުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޤަބޫލު ކުރެވޭކަމަށާއި އެހެން ކަމުން މިވަގުތުގެ ހާލަތަށް ބަލައި ސިޔާސީ ގޮތުން އިތުރަށް ފުޅާ މަސައްކަތްތަކެއް ކުރުމަށް އައު މިސްރާބަކުން ހިނގަން ޖެހޭ ކަމަށް ބެލެވޭކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"އެގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް އަޅުގަޑު ނިންމައިފީމެވެ." ޝިދާތާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީއަށް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވި ޝިދާތާ، އެ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީން އައު އެކްޝަން ޕްލޭނެއް އެކުލަވައިލާން ނިންމައި އެކަމަށް ނެގި ހާއްސަ ކޮމެޓީގައި ވެސް އެކަމަނާ ހިމަަނުއްވައިފައި ވަނިކޮށެވެ. އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޝިދާތާ ވިދާޅުވީ އުންމީދު ކުރައްވަނީ ސިޔާސީ ހަޔާތުގައި އަލަށް މިފަށާ ދަތުރުން ރައްޔިތުންގެ ހައްޤުގައި ފުޅާ ދާއިރާއެއްގެ އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށެެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް