Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މެމްބަރު އިސްމާއިލްގެ މައްޗަށް ދަރަނި ދައްކަން ކުރި ހުކުމް ބާތިލްކުރަން ހުށަހަޅައިފި

މެމްބަރު އިސްމާއިލްގެ މައްޗަށް ދަރަނި ދައްކަން ކުރި ހުކުމް ބާތިލްކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދު މީހަކަށް އަށް ލައްކަ ރުފިޔާ ދޭން ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކުރަން އޭނާގެ ފަރާތުން މިއަދު ހުށަހަޅައިފިއެވެ.

އިސްމާއިލަށް ސާބިތުވެފައިވަނީ 2018 ވަނަ އަހަރު، އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގެ ދަށުން ތ. ކަނޑޫދޫ ސްކޫލުގެ ތިން ކްލާސްރޫމެއް އަޅަން އޭނާގެ ކުންފުންޏަކުން ނަގައި އެ މަސައްކަތް  ސަބް ކޮންޓްރެކްޓްކުރީ، ހ. ވަލަންޖު، މޫސާ ހަލީލް އަށް ދޭން ޖެހޭ ފައިސާ ނުދިނުމުން ދަރަނީގެ ގޮތުގައި އަރާފައިވާ 856،830 ރުފިޔާއެވެ.

މޫސާ ހަލީލް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަގާއި ބުނީ އޭނާގެ އަމިއްލަ ތަކެތީގައި ކޮށްފައިވާ މަސައްކަތާއި އެ ތަކެތީގެ އަގު 1،281،830 ރުފިޔާ އަރާކަމަށެވެ. އެ ފައިސާގެ ތެރެއިން އިސްމާއީލް އަދި ދައްކަވާފައިވަނީ 425،000 ރުފިޔާއެވެ. އެހެންވެ ބާކީ ނުދީ ހުރި އަށްލައްކަ ރުފިޔާ ނަގައިދޭން އިސްމާއީލްގެ މައްޗަށް ކޯޓުން ހުކުމްކޮށް ދިނުމަށް އެދިފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ހުކުމް ކުރި ތާރިހުން ފެށިގެން 15 ދުވަސް ތެރޭގައި 856،830 ރުފިޔާ ދެއްކުމަށް ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ގާޒީ ފަރުހާދު ރަޝީދުކޮށްފައިވާ ހުކުމްގައިވެއެވެ.

'އެކްސް' ގައި ޕޯސްޓުކުރިވި ބަޔާނެއްގައި އިސްމާއިލް ވިދާޅުވީ ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަދި އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. އިސްމާއިލް ތުހުމަތުކުރާ ގޮތުންނަމަ އެ ހުކުމަކީ ސިޔާސީ ގޮތުން ފިއްތުންތަކެއް ކުރިމަތިކުރުމަށް ކޮށްފައިވާ ހުކުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް