ޚަބަރު

ހިތަދޫގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ފެސިލިޓީ ތަރައްގީކުރާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

Ads by Sosun Fihaara

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އައްޑޫ ސިޓީ ހިތަދޫ އީދިގަލި ޓޫރިޒަމް ޒޯންގައި 21،007.39 އަކަ މީޓަރުގެ ބިމެއްގައި ޓޫރިސްޓް ފެސިލިޓީތައް ތަރައްގީ ކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް (ދިވެހި ނުވަތަ ބޭރުގެ) އެ ފުރުސަތު ހުޅުވާފައިވާ ކަމަށެވެ. މި އިންވެސްޓްމަންޓްގެ ތެރޭގައި ސިޓީ ހޮޓަލަކާއި ސަޕޯޓިންގ ޓޫރިޒަމާއި ގުޅުންހުރި ފެސިލިޓީތައް ހިމެނޭ ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.

މި ބިންތައް ކުއްޔަށް ދޫކުރާނީ ފަތުރުވެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/99) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގިނަވެގެން 50 (ފަންސާސް) އަހަރަށެވެ.

މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ގަތުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ހެނދުނު 10:00 ގައެވެ.

ބީލަން ލިޔުންތައް ގަނެވޭނީ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް އީމެއިލް ކޮށްގެންނެވެ. އެކަމަށް އެދޭ ފޯމް ކައުންސިލްތަކުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެ އިއުލާންގައި ބުނެފައިވާގޮތުން 100 އިންސައްތަ ދިވެހި މިލްކުވެރިކަމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ ރީރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނުވަތަ ޕާޓްނަރޝިޕްތަކުގެ ބިޑިންގ ޑޮކިއުމަންޓްސެޓެއްގެ އަގަކީ 10،000.00 ރުފިޔާ (ދިވެހި ރުފިޔާ ދިހަ ހާސް) ރުފިޔާ އަދި ބިދޭސީންނަށް 700 ޑޮލަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!